2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފުވައްމުލަކު ފުނާޑު، ނޫރިފެހި ގޭގެ އުމުރުން ހަ އަހަރުގެ ސަދާ ނިޔާވީ ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން، ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ. އެކަން ހެލްތު މިނިސްޓްރީން ހިންގި ތަހުގީގީ ރިޕޯޓުން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ. ސަދާގެ މަރަށް ތިން އަހަރު ވެފައިވާއިރު ސަދާގެ ބައްޕަ ސައުދުﷲ ހަސަން ދަނީ ދަރިފުޅަށް އިންސާފު ހޯދައިދޭން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ކުރަމުންނެވެ. އެގޮތުން ކޯޓުތަކަށް މައްސަލަ ހުށަހަޅައި އިތުރު ފުރާނައެއް މިފަދަ އިހުމާލަކުން ނުދިއުމަށް ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން، އެ މަރުގެ މައްސަލައިގައި މަދަނީ ބަދަލެއް ދިނުމަށް ސިވިލް…